ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ސަލާމަތްކުރުމަށް އީޕީއޭއާއެކު މަޝްވަރާކޮށްފި
އީޕީއޭއާއި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ-ދަނޑުވެރިކަމާބެހޭ ވުޒާރާ

ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ސަލާމަތްކުރުމަށް އީޕީއޭއާއެކު މަޝްވަރާކޮށްފި

4 hours ago - 14:24
May 18, 2025 - 14:25
Advertisement
Advertisement

ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ސަލާމަތްކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއެކު ދަނޑުވެރިކަމާބެހޭ ވުޒާރާއިން މަޝްވަރާކޮށްފިއެވެ.

ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ.މަރްޔަމް މާރިޔާ އީޕީއޭއާއެކު މަޝްވަރާކުރެއްވީ ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ ދަނޑުވެރިންނަށް ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން ގޮންޖެހުންތައްކުރިމަތިވާތީ އެކަމަސް ހައްލު ހޯދައިދުނުމުމެ މަސައްކަތްތަކުގެ ބައެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެކަމަށް ހައްލު ހޯދުމަށް، އީޕީއޭ އާއި އެކު ބޭއްވި ބައްދަލުވުމުގައި، ކާޅު އަދި ވާލުގެ ދުއްތުރާތަކުން ދަނޑުތައް ސަލާމަތްކުރުމަށް، އެތަކެތި މެނޭޖު ކުރުމާއިގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ވާލާއި ކާޅާއި ގުޅޭގޮޮތުން އީޕީއޭ އިން ވިދާޅުވީ ފުރަތަމަ ވާ އަދި ކާޅުގެ އަދަދު ބަލައި ދެނެގަނެ,  އެ އަދަދަށް ބެލުމަށްފަހު އީޕީއޭއިން ޖަނަވާރުތައް ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެކަމަށް އީޕީއޭއިން ބައްދަލުވުމުގައި ވިދާޅުވިއެވެ. އީޕީއޭއާ ހަވާލާދެއްވާ މިނިސްޓްރީން ވިދާޅުވީ ވާލާއި ކާލުގެ އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ، ކޮންޓްރޯލްކޮށްގެން އުނިކުރުންކަމަށް ވިސްނިދާނެކަމަށެވެ. އެކަމަކު އެއީ އެންމެ ފަހުކަމެއްގެ ގޮތުންކަން އީޕޭއިން ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާގެ މިނިސްޓަރ ދާދިފަހުން ވިދާޅުވެފައިވަނީ ކާޅާއި ވާލާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement