އިިޒްރާއިލްއިން އާއި އެމެރިކާއިން ޣައްޒާ, ލުބުނާން އަދި ޔަމަނަށް ދިން ހަމަލާތަކުގައި 46 މީހުން ޝަހީދުކޮށްލައިފި
ޣައްޒާއިން ޝަހީދުކޮށްލާފައިވާ ބައެއް މީހުންގެ ހަށިތައް. ފޮޓޯ: ގުދުސް ނިއުސް

އިިޒްރާއިލްއިން އާއި އެމެރިކާއިން ޣައްޒާ, ލުބުނާން އަދި ޔަމަނަށް ދިން ހަމަލާތަކުގައި 46 މީހުން ޝަހީދުކޮށްލައިފި

ނަތަންޔާހޫ ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ބުނެފައި

5 hours ago - 08:03
Apr 21, 2025 - 08:43

އިޒްރާއިލްއިން ރޭ ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި 32 މީހަކު ޝަހީދުކޮށްލާފައިވާއިރު, ލުބުނާނުންވެސް ވަނީ ދެމީހުން ޝަހީދުކޮށްލާފައެވެ.

އެމެރިކާއިން ޔަމަނުގެ ވެރިރަށް ސަނައާ އަށް އިތުރު ހަމަލާތަކެއް ދީފައިވާ ވާއިރު, ޔަމަނުގެ ކަމަރަށް އައިލެންޑަށްވެސް ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ.

ސަނައާއަށް ދިން ދެ ހަމަލާ އަމާޒުކޮށްފައިވަނީ 2014 ން ފެށިގެން ހޫތީންގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ އައްތަން އަށެވެ. އެތަނުން އެއް ހަމަލާ އަސިރް ސަރަޙައްދުގައި ހުރި ފާހާނާގެ ނިޒާމަކަށް އަމާޒުވެފައިވާއިރު ދެވަނަ ހަމަލާ އަމާޒުވީ ފުރްވާ ނެއިބަރހުޑްގެ ޝޯބް ޑިސްޓްރިކްޓްގައި ހުންނަ މަޝްހޫރު ބާޒާރަކަށެވެ. ސަނައާ އަށް ދިން ހަމަލާތަކުގައި އެކަނިވެސް 12 މީހަކު ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތައް ދީފައި މިވަނީ އާދިއްތަ ދުވަހު ހޮދައިދާ ބަނދަރަށް 13 މިސައިލް ހަމަލާދިނުމަށްފަހުއެވެ. އޭގެ ތިން ދުވަސް ކުރިން އެމެރިކާއިން ޔަމަނުގެ ހޮދައިދާގައި ހުންނަ ރަސް އިސާ ތެލުގެ ބަނދަރަށް ދިން ބާރުގަދަ ހަމަލާތަކުގައި އާންމުންގެ 80 މީހަކު ޝަހީދުވެފައި ވާއިރު 150ށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

Advertisement
Advertisement

ޣައްޒާއަށް ދިން ހަމަލާތައް ހިއުމެނިޓެރިއަން ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދެކުނު ޣައްޒާގެ އަލް-މަވާސީގެ ޓެންޓްތަކަށްވެސް އަމާޒުވެފައިވާ ކަމުގައި އަލްޖަޒީރާ އެރެބިކް އިން ރިޕޯޓްކޮށްފައި ވެއެވެ.

ޣައްޒާގައި އިޒްރާއިލްގެ އަސްކަރިއްޔާއިން ހަމަލާތައް ހުއްޓުމެއްނެތި ދެމުންދާއިރު ހިފާފައިވާ ހުޅަނގު އައްސޭރީގައިވެސް އިޒްރާއިލްގެ ފައުޖުތަކުގެ އުދުވާނު ގެންދަނީ ކުރިއަށެވެ. ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕްތައް ރެއިޑްކޮށް މީހުން ހައްޔަރުކުރަމުން ދާއިރު ރޭވެސް ނަބުލަސްގައި ހުންނަ ބަލާޓާ ކޭމްޕް އަދި ހަލީހް ސަހަރުގައި ހުންނަ ފައްވާރާ ރެފިއުޖީ ކޭމްޕްވެސް ރެއިޑްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow