ޕީޕީއެމް އުވާލަން ސެނެޓުން ފާސްކޮށްފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން އެޕާޓީގެ ސެނެޓުން ނިންމައިފިއެވެ.
ޕީޕީއެމް އުވާލަން ނިންމިއިރު އެޕާޓީއަކީ އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން އިއުލާނުކުރި އަދަދުތަކަށް ބަލާއިރު ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. ޕީޕީއެމް އުވާލަނީ އެޕާޓީގެ މެމްބަރުން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބަދަލުވުމަށްފަހުއެވެ. މިހާރުވެސް ޕީޕީއެމްގެ ގިނަ މެމްބަރުން ވަނީ ޕީއެންސީއަށް ބަދަލުވެފައެވެ. ޕީޕިއެމްއާއި ޕީއެންސީއަކީ އެއް ކުޑައެއްގެ ދަށުން އެއް ސިޔާސަތު ތަކަކާއެކު, ޖޮއިންޓް ސެނެޓަކުން ހިންގާ ދެ ޕާޓީއެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރޝިޕްގެ އަމާޒަކަށް ވެފައި އޮތީ ޕީއެންސީ އުވާލުމަށްފަހު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ޕީއެންސީ ހެދުމެވެ. އެޕާރޓީގެ މެމްބަރުންގެ އަދަދު 75000 އަށް އިތުރު ކުރުމަށް ވަރުގަދަ ކެމްޕެއިނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕީޕީއެމް އުވާލަން ސެނެޓުން ނިންމާފައި މިވަނީ އެޕާޓީ އުވާލަން ނިންމިކަމުގެ އަޑުތައް މީގެކުރިންވެސް ފެތުރިފައި ވަނިކޮށެވެ. އަދި ޕާޓީ އުވާލުމުގެ މަސައްކަތް ފަސޭހަކުރުމަށް އަސާސީ ގަވާއިދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ސެނެޓްގެ ބައްދަލުވުމުން ޕީޕީއެމް އުވާލަން ފާސްކުރީ ބައިވެރިވި 42 މެމްބަރުންގެ އިއްތުފާގުންނެވެ.
ޕީޕީއެމްގެ ކުރީގެ ލީޑަރަކީ ކުރީގެ ރައީސް އަބްދްالله ޔާމީން އަބްދުލްޤައްޔޫމެވެ. 2013 އިން 2018 އަށް ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވެ.
އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގަތީ މިސަރުކާރުގެ ފުރަތަމަ މަސް ދުވަހުއެވެ. މިހާރު ޕީޕީއެމް/ޕީއެންސީގެ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ.
ޕީޕީއެމް އުވާ ނުލިޔަސް މިވެރިކަން ފެށުނު ފަހުން އެޕާޓީގެ ހަރަކާތްތައް ހުއްޓި, ހަރަކާތްތެރިވަމުން ދިޔައީ ކުރިން ކުޑަ ޕާޓީއެއްގެ ގޮތުގައި އޮތް ޕީއެންސީ އެވެ. ޕީޕިއެމް އުވާލަން ނިންމިއިރު އުވާލާ ޕާޓީއެއްގެ ކުލައާއި ނިޝާން ފަސް އަހަރު ވަންދެން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ވަނީ އިސްލާހުވެސް ގެނެސްފައެވެ.
ރިއެކްޝަންސް