ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން އެޗްޑީސީން ހޯދައިފި
ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ކްލަބް އެޗްޑިސީ ހޯދއިފި އެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްގެންނެވެ.
މެޗުގެ ސެޓްތައް އެޗްޑިސީން ގެންދިޔައީ 20-25, 31-29, 25-20, 17-25, 15-13 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އެޗްޑިސީގެ އިސްމާއީލް ސާޖިދު އެވެ.
މުބާރާތުގެ ބެސްޓް އައުޓްސައިޑް އެޓޭކަރުންނަކީ އިސްމާއީލް ސާޖިދު އާއި ސިފައިންގެ އާދަމް ނަސީމް އެވެ. ބެސްޓް މިޑްލް ބްލޮކަރަކީ އެޗްޑިސީގެ މުޙައްމަދު އަހުސަން އާއި އާދަމް ފައިރޫޒް އެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކީ ދިވެހި ސިފައިންގެ ކްލަބްގެ ހުސެއިން ރައްޒާން އެވެ. މުބާރާތުގެ ބެސްޓް ސެޓަރަކީ ސިފައިންގެ ހުސެއިން ޝާހިދު އެވެ.
މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކީ އެޗްޑިސީގެ ސައުދު އަހުމަދު އެވެ. އެންމެ މޮޅު ކޯޗަކީ އެޗްޑީސީއަށް ތަށި ހޯދައިދިން ހުސައިން ޝަރީފް އެވެ. މުބާރާތުގެ 23 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިސް ކްލަބްގެ ޝާމިލް މުޙައްމަދު އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ އެޗްޑިސީގެ ޒީންބެކް އޫލް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކި ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާ އިސްމާއީލް ސާޖިދު އެވެ.
ރިއެކްޝަންސް