އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރާ ރައީސް ބައްދަލުކުރައްވައިފި
ރައީސް މުއިއްޒު ޖައިޝަންކަރާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރާ ރައީސް ބައްދަލުކުރައްވައިފި

12 days ago - 19:46
Advertisement

އިންޑިޔާއަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެގައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ޝުބަރަމާނިއަން ޖައިޝަންކަރާ ބައްދަލުކުރައްވައިފި އެވެ.

އެބައްދަލުކުރެއްވުމުގެ ފޮޓޯ ހިއްސާކުރައްވާ ޖައިޝަންކަރު ވިދާޅުވީ މާދަމާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. ރައީސް މުއިއްޒ އިންޑިޔާ ރާއްޖެ ގުޅުމަށް ދެއްވާ އަހަމިއްޔަތުވެސް ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުމާ ގުޅޭ ގޮތުންނާއި, ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

https://x.com/drsjaishankar/status/1842914260860760303?s=52&t=k1jiXxEjTMuVybCdyt1Epw

Advertisement

މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރާ ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ. ފުރަތަމަ ބައްދަލުކުރެއްވީ އިންޑިޔާގެ ބޮޑުވަޒީރުކަމުގެ އާ ދައުރަކަށް މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައެވެ. ސް ރައީސް މުއިއްޒު ބައްދަލުކުރެއްވިއެވެ.

ރައީސް ޑރ.މުއިއްޒު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ 50 ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސްއާއި ވަފްދުގެ ބޭފުޅުން އިންޑިޔާއަށް ވަޑައިގެންނެވި އިންޑިޔާގެ މިލިޓަރި ބޯޓެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement