ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑު ވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފުވައްމުލަކުގައި ފެންބޮޑު ވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފުވައްމުލަކުގައި ފެންބޮޑު ވެއްޖެއެވެ.
ފުވައްމުލަކުގައި ފެންބޮޑުވެފައިވާއިރު ގޭގެއަށް ފެންވަނުން ހުއްޓުވުމަށްޓަކައި ފުވައްމުލަކު ކައުންސިލާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ގުޅިގެން މަސައްކަތް ފާށާފައިވާކަން ފުވައްމުލަކު ސިޓީކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން ފުވައްމުލަކު ސިޓީ ޕޮލިސް އާއި ސިފައިންގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މުވައްޒަފުންވެސް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި ރަށުގެ އާރު ކަނޑައިގެން ފެން ބޭރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ވިއްސާރައިގައި މިހާތަނަށް ފެންވަދެފައިވަނީ ކިތައް ގެއަށް ކަމެއް އަދި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށް ސިޓީ ކައުންސިލުން އަދި ހާމަ ކުރައްވާފައެއް ނުވެއެވެ.
ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ސިޓީ ފުލުހުން ވަނީ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.
ރިއެކްޝަންސް