މަދިރި ކޮންޓްރޯލް ކުރުމުގެ ގައުމީ ހަރަކާތް "މަދިރިން ރައްކާ" ފަށައިފި

މަދިރި ކޮންޓްރޯލް ކުރުމުގެ ގައުމީ ހަރަކާތް "މަދިރިން ރައްކާ" ފަށައިފި

މަދިރި ކޮންޓްރޯލް ކުރުމަށް ޤައުމީ ހަރަކާތެއް ފަށައިފިއެވެ.

8 months ago - 11:03
Dec 30, 2023 - 14:41
Advertisement

ދިވެހިރާއްޖެގައި މަދިރިން ޖެހޭ ބަލިތައް ގިނަވަމުންދާތި ޤައުމީފެންވަރުގައި ހަރަކާތެއް ހިންގުމަށް ރައީސުލްޖުމްހުރީއްޔާގެ އެދިވަޑައިގަތުމުގެ މަތިންފަށައިފިއެވެ. 

"މަދިރިން ރައްކާ" ގެ ނަމުގައި މި ހަރަކާތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހުރީއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.

މިއަދު ހެނދުނު މާލޭ ސިޓި ކައުންސިލްގެ އާންމު ޚިިދުމަތްކާބެހޭ ބައިގައި ބޭއްވި ރަސްމިއްޔާތެއްގައި "މަދިރިން ރައްކާ" ޕްރޮގްރާމް ފަށްޓަވައިދެއްވައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިުއމަށް އިލްތިމާސް ކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަދިރިގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވީނަމަވެސް ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއް ކަމަށެވެ.

Advertisement

އަދި ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާއި ރައްޔިތުން ގުޅިގެން މިފަދަ ކެމްޕެއިނެއް ފެއްޓެވުމަކީ ރައްޔިތުން ހިތްހަމަ ޖެހޭ ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައި ނައިބްރައީސް ވިދާޅުވިއެވެ.

"މަދިރިން ރައްކާ" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވަޒީރުގެ ވާހަކަ ފުޅުގައި، ރާއްޖެއިން ނައްތާލެވިފައިވާ ބަލިތައް ފެންނަން ބެނުންފުޅުނޫން ކަމުގައި ވިދާޅުވިއެވެ. 

"މަދިރިން ރައްކާ" ޕްރޮގްރާމްގެ ދަށުން މިއަދުވަނީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ ސަރަހައްދެއް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement