މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

1 hour ago - 08:08
Advertisement
Advertisement

މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި މިއަދު ޙިއްޞާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި، ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީގެއިތުރުން، މާތްވެގެންވާ މައްކާއާއި އެ ސިޓީގެ ރައްޔިތުންނާއި އަޅުކަމަށް ގޮސްއުޅޭ ޢުމްރާވެރިން އަދި ޙައްޖާޖީން ރައްކާތެރިކުރުމުގައި ރޯޔަލް ސަޢޫދީ އެއަރ ޑިފެންސް ފޯސަސްއިން އަޅުއްވާ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ.

މިފަދަ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވަމުން، މިމައްސަލައިގައި އިތުރަށް މަސްރަޙު ގޯސްވިޔަނުދީ، ސުލްޙައާއި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement