ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައްވައިފި
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އާ ދެމެދުގައެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވަނީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ޗީފް ސްޓެޓިސްޓީޝަނަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ރާއްޖޭގެ ތަފާސްހިސާބާ ބެހޭ އެންމެހައި ކަންކަން ރާވައި ހިންގުމުގެ އިސް މަސްއޫލިއްޔަތު އަދާކުރައްވާ ފަރާތެވެ.
ރިއެކްޝަންސް





