މަޖިލިސް ޗުއްޓީގައި އޮންނަ ވަގުތުތަކުގައި ޔޫތް ޕާލިމެންޓް ކުރިއަށް ގެންދިއުމަކީ އަމާޒެއް: ރައީސް މުޢިއްޒު

މަޖިލިސް ޗުއްޓީގައި އޮންނަ ވަގުތުތަކުގައި ޔޫތް ޕާލިމެންޓް ކުރިއަށް ގެންދިއުމަކީ އަމާޒެއް: ރައީސް މުޢިއްޒު

16 hours ago - 11:49

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށްދާ ދުވަސްވަރުގައި، އަލަށް އެކުލަވާލާ "ޔޫތް ޕާލިމެންޓް" ނުވަތަ ޒުވާނުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވިސްނުންފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީ.އެސް.އެމް އިން ކުރިއަށް ގެންދާ 'ނޭޝަން-ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ގައުމު ހިންގުމުގެ ނިޒާމުގައި ޒުވާނުންނަށް ހަގީގީ މާނައިގައި ބައިވެރިވެވޭނެ އަދި ބަސްބުނެވޭނެ މިނިވަންކަން އޮންނަންޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. 

ރައީސް ވިދާޅުވީ މީގެ ކުރިންވެސް އެކި ސިފަސިފައިގައި ޒުވާނުންގެ ސިމިއުލޭޝަން ޕާލިމެންޓްތައް ބޭއްވި ނަމަވެސް، މިހާރުގެ ސަރުކާރުގެ ވިސްނުމަކީ އެއަށްވުރެ މާ ދާއިމީ ނިޒާމެއްގެ ތެރެއިން މިކަން ކުރިއަށްގެންދެވުން ކަމަށެވެ. އެގޮތުން ރާއްޖޭގެ 93 އިންތިހާބީ ދާއިރާއިން ކޮންމެ ދާއިރާއަކުން ޒުވާނުންގެ ރެޕްރެޒެންޓޭޓިވްއެއް (މަންދޫބެއް)، ޒުވާނުންގެ އަމިއްލަ ވޯޓަކުން ހޮވާނެ ކަމަށް އެމަނިކުފާނު މައުލޫމާތު ދެއްވި އެވެ.

މި ނިޒާމު ހިންގާނެ ގޮތުގެ ވިސްނުންފުޅު ހިއްސާކުރައްވަމުން ރައީސް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދައުރެއް ނިންމައި މަޖިލިސް ޗުއްޓީއަށްދާ މުއްދަތުގެ ތެރޭގައި ޔޫތް ޕާލިމެންޓުގެ މަސައްކަތްތައް އޮޕަރޭޓް ކުރެވިދާނެ ކަމަށެވެ.

އިންތިހާބީ ކެޓަގަރީތަކާއި، ޕާލިމެންޓް ބައްދަލުކުރާނެ ގޮތުގެ ތަފްސީލުތައް މަޝްރޫ ކުރިއަށްދާވަރަކުން ހާމަކުރައްވާނެ ކަމަށާއި، މިއީ މަޝްވަރާގެ ތެރެއިން ފައިނަލް ކުރެވޭނެ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ. މައިގަނޑު މަގުސަދަކީ ގައުމީ ކަންކަމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅޭނެ ހަރުދަނާ އިންތިޒާމެއް ދައުލަތުގެ ތެރޭގައި ގާއިމުކޮށްދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއްގެ ގޮނޑިތައް ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ ޒުވާނުންނަށާއި އަންހެނުންނަށް މަޖިލީހުގެ ވަކި އިންސައްތައެއް ހާއްސަ ކުރުމަކީ މުހިންމުކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow