މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

60 minutes ago - 12:42
Advertisement
Advertisement

މާފުށީ ޖަލަށް އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި ވައްދަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލުގެ ގޭޓު ކައިރިންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޝަހީރު ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން ޖަލަށް އެތެރެކުރުން މަނާ ގިނަ ބާވަތްތަކެއްގެ ތަކެތި ވަނީ ފެނިފައެވެ. އޭގެ ތެރޭގައި:

  • 17 ސްމާޓް ފޯނު
  • 35 ޗާޖިންގ ކޭބަލް
  • މަސްތުވާތަކެތި ކަމަށް ބެލެވޭ 29 ޖޮއިންޓް
  • އެޑަޕްޓަރެއް
  • ހަތަރު ކައްޓާ
  • ޕެން ޑްރައިވް

މީގެ އިތުރުން ވެސް ޖަލަށް އެތެރެކުރުން މަނާ އެހެނިހެން ބައެއް ތަކެތި އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ޖަލުތަކަށް މަނާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement