ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިންގ ބިލްޑިންގގެ ބިންގާ އަޅައިފި

ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިންގ ބިލްޑިންގގެ ބިންގާ އަޅައިފި

3 hours ago - 15:28
Advertisement
Advertisement

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރައްވާ ފުރަތަމަ ޕާކިންގް ބިލްޑިންގގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، އެމަނިކުފާނު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭ 1ގައި އޮތް މި ރަސްމިއްޔާތުގައި، ޕާކިންގ ބިލްޑިންގގެ ބިންގާ އަޅުއްވައިދެއްވައި، ޢަމަލީ ގޮތުން މަސައްކަތް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީންއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން، ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީ.އެސް.އައި.ޕީ) އުސޫލުން، ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑުން، އެން.އެކްސް.ޓީ ބައި ބެޗްގެ ނަމުގައި ހުޅުމާލޭގައި، 24 މަސްދުވަހުގެ ތެރޭގައި ތަރައްޤީކުރައްވާ 13 ފަންގިފިލާގެ މި ޕާކިންގ ބިލްޑިންގަކީ، 4 ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގައިގެ، އެންމެ ޒަމާނީ ފެންވަރުގެ ޕާކިންގ ބިލްޑިންގެކެވެ.

މިއީ މާލޭ ސަރަޙައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ގިނަވެ، ޕާކުކުރެވޭނެ ސަރަޙައްދު ނުލިބި، އުޅަނދުތައް ރަޖިސްޓްރީކުރުމަށް ގަރާޖު ނުލިބޭ ހާލަތު ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްވަވާފައިވާ ރޭވުންތަކުގެ ޢަމަލަކީ މަސައްކަތްތަކުގެ ފެށުމެވެ. ގްރޭޓަރ މާލޭ އޭރިއާގެ އާބާދީ އިތުރުވަމުންދިއުމާއެކު، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 7 ޕާކިންގ ބިލްޑިންގް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ އޮތް 6 ބިލްޑިންގގެ މަސައްކަތްވެސް، ހަވާލުކުރެވިފައިވަނީ ދިވެހި 6 ކުންފުންޏަކާއެވެ.

Advertisement
Advertisement

މާލޭ ސަރަހައްދުގެ މަގުމަތަކުގައި ތޮއްހެހިފައިވާ އުޅަނދުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ޕާކިންގ ބިލްޑިންގ އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement