ނ.ޢ.ޢ.ވ އިބްރާހީމް ހުސައިޒް ޒަކީގެ އަނބިކަނބަލުން އަހަވާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އިބްރާހީމް ހުސައިން ޒަކީގެ އަނބިކަނބަލުން މަރުހޫމާ ޙުސްނާ މޫސާ

ނ.ޢ.ޢ.ވ އިބްރާހީމް ހުސައިޒް ޒަކީގެ އަނބިކަނބަލުން އަހަވާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1 year ago - 12:27
Jan 3, 2025 - 12:27
Advertisement
Advertisement

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

"މަރުޙޫމާ ޙުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރުކޮށް ދެއްވާށިއެވެ. އާމީން." ރައީސް މުއިއްޒު އެކްސްގައި ވިދާޅުވިއެވެ.

ދައުލަތުގެ ވަޒީރުކަމާއި, އެހެނިހެން އިސްމަގާމްތަކެއް ފުރުއްވާ ދިގުމުއްތަކަށް ސަރުކާރަށް ޚިދުމަތް ކުރެއްވި އިބްރާހީމް ހުސައިން ޒަކީގެ އަނބިކަނބަލުން އަހަވާރަވީ އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވީ 78 އަހަރު ފުޅުގައެވެ. ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އިބްރާހީމް ހުސައިން ޒަކީ އެންމެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވީ ރައީސް މައުމޫނުގެ ޒަމާމަތުގައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ޒަކީ ސަރުކާރަށް ޚިދުމަތް ކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement