ގުރައިދޫ އެއަޕޯރޓް އަޅާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
ގުރައިދޫ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-އެމްޓީސީސީ

ގުރައިދޫ އެއަޕޯރޓް އަޅާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

1 year ago - 07:09
Nov 17, 2024 - 07:09
Advertisement
Advertisement

ތ.ގުރައިދޫ އެއަޕޯރޓް އަޅާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. ގުރައިދޫގައި އެއަޕޯރޓެއް އަޅައިދިނުމަކީ ރިޔާސީ ކެމްޕެއިންގައި އެރަށަށް ވަޑައިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ގުރައިދޫގެ ބިން ހިއްކުމާއި, ހިއްކާ ބިމުގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތެވެ.

މީގެއިތުރުން ރޭގެ ވަގުތެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ފ.ނިލަންދޫ ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައެވެ. އެމަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެންކަމުން އެމަސައްކަތް ނިމޭނީ 2026 ވަނަ އަހަރުގެ މެއި މަހު އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރެނީ މިއަދު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement