ޒިޔާއު މަޤާމުން ވަކިކޮށްފި
-
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު ވަކިކޮށްފި އެވެ.
އަދި އޭނާ ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން, ހާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓާ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަދައްކާތީ ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޒިޔާއު ވަނީ މީޑިޔާތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ.
މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ޒިޔާއު ވިދާޅުވެފައިވެއެވެ.
ރިއެކްޝަންސް