ވީއައިއޭ ތަރައްޤީ ކުރުމަށް ނެގި ލޯނުގެ ބައެއް ރީފައިނޭންސް ކޮށްފި
ވީއައިއޭ ޓާރމިނަލް

ވީއައިއޭ ތަރައްޤީ ކުރުމަށް ނެގި ލޯނުގެ ބައެއް ރީފައިނޭންސް ކޮށްފި

30 days ago - 12:58
Advertisement
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތަރައްގީއަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ ބައެއް ރީފައިނޭންސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަންގާފައިވާ ގޮތުގައި، 74.7 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ރީފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ސޮއިކޮށްފައިވެއެވެ.

މި ލޯނު ރީފައިނޭންސް ކުރުމުގެ މަގުސަދަކީ ކުރު އަދި މެދު ރާސްތާގައި ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ދައުލަތުގެ ރިޒާވުން ކުރާ ހަރަދު ކުޑަކޮށް މާލީ ހާލަތު ރަނގަޅު ކުރުމެވެ. ރީފައިނޭންސް ކުރާ އަދަދު އަނބުރާ ދައްކަން 6 އަހަރު ލިބޭއިރު، ގްރޭސް ޕީރިއަޑުގެ ގޮތުގައި 3 މަސް ލިބޭނެއެވެ.

ލޯނުގެ ފުރަތަމަ އިންޓަރެސްޓު ދައްކަން ޖެހެނީ އަންނަ 12 ޖެނުއަރީގައެވެ. އޭގެ ފަހުން އަހަރަކު ދެ ފަހަރު އިންޓަރެސްޓު ދައްކަން ޖެހޭނެއެވެ. ލޯނު ދައްކަން ފަށާނީ 21 ޖުލައި 2027 އިން ފެށިގެންނެވެ. މިއީ ނަން-ކޮންސެޝަނަލް ޓާމްސްގައި ނަގާ ލޯނެއް ކަމަށާއި، ރީފައިނޭންސް ކުރާ ލޯނުގެ އިންޓްރެސްޓު ރޭޓަކީ %2 އިންސައްތަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement
Advertisement

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ 2030 ވަނަ އަހަރު މި ލޯނު ދައްކާ ނިމޭނެ ކަމަށާއި، 2015 ގައި ނެގި ލޯނާއި ރީފައިނޭންސް ކުރާ ލޯނުގެ ޕްރިންސިޕަލް އަދަދު އެކުގައި ދައްކަން ފެށުމުން ދަތިވި ނަމަވެސް ދައުލަތުގެ ދަރަނީގެ މިންވަރަށް އޭގެ ސަބަބުން ބަދަލު ނާންނާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement