ފުވައްމުލަކު ސިޓީ އެއަރޕޯޓުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

ފުވައްމުލަކު ސިޓީ އެއަރޕޯޓުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

3 hours ago - 19:35
Advertisement
Advertisement

ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއެއް ބަހައްޓައި، މިއަދު އެ ބޭންކުން ޚިދުމަތް ދޭން ފަށައިފިއެވެ.


ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހާމަކުރި ގޮތުގައި، ފުވައްމުލަކު އެއަރޕޯޓުގައި މި އޭޓީއެމް ބެހެއްޓީ އެ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.


މި އާ އޭޓީއެމާއެކު، ފުވައްމުލަކު ސިޓީގައި ބޭންކް އޮފް މޯލްޑިވްސް އިން ޚިދުމަތްދޭ އޭޓީއެމްގެ އަދަދު މިހާރު ވަނީ ހަތަރަކަށް އިތުރުވެފައެވެ. އެ ސިޓީގައި މިހާރު ދިވެހި ރުފިޔާގެ ތިން އޭޓީއެމާއި، ބޭރު ފައިސާ ނުވަތަ ޑޮލަރު މުއާމަލާތްތަކަށް ޚާއްޞަ އެއް އޭޓީއެމްގެ ޚިދުމަތް ދަނީ ދެމުންނެވެ.


ޤައުމީ ބޭންކުން ދަނީ އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ދިނުމުގެ އަމާޒަށް ބޭންކުން ދަނީ ވާސިލްވަމުންނެވެ. މިހާތަނަށް ރާއްޖޭގެ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ދެމުންދާކަންވެސް ބީއެމްއެލް އިން ފާހަގަކުރެއެވެ.


މިއީ ފުވައްމުލަކު އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށާއި އެ ސިޓީގެ އިޤްތިޞާދީ ހަރަކާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެ ސިޓީގެ ރައްޔިތުން ދެކެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement