ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ލ އަތޮޅުން އައްޑޫއަށް ހުދު ސަމާލު ނެރެފި
ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 10:00 އާ ހަމައަށް ނެރުނު މި ސަމާލުގައިވާ ގޮތުން، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތީ ރާއްޖެއަށް މޫސުން ގޯސް ދުވަސްތަކެކެވެ. އެހެން އަހަރުތަކާ ޚިލާފަށް މި ދުވަސްވަރު ވާރޭވެހޭ މިންވަރު އިތުރުވެ، މޫސުން ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.
އިއްޔެއިން ފެށިގެން މާލެ ސަރަހައްދަށް ވެސް މޫސުން ގޯސްވެފައިވާއިރު، ރޭގެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަދަޔަށް ވައިޖެހި، ވިދާ ގުގުރާފައިވާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް





