ކެބިނެޓުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވައިފި

ކެބިނެޓުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވައިފި

6 days ago - 16:28

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ބޭފުޅުން ހުށަހެޅުއްވި އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ގަބޫލުފުޅު ކުރައްވާފައެވެ.
މިއަދު މަޤާމުން އިސްތިއުފާ ދެއްވި ވަޒީރުންނަކީ:

މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން
މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލް
މިނިސްޓަރ އޮފް ހެލްތް، ޢަބްދުﷲ ނާޡިމް އިބްރާހީމް
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމް
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢާއިޝަތު ޝިހާމް
މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަޞީރު އިބްރާހީމް
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑޮކްޓަރ މަރްޔަމް މާރިޔާ
މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އާދަމް ޝަރީފު ޢުމަރު
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު

މި 10 ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެ ބޭފުޅުން ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބަދަލަކީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ސަރުކާރުގެ ސިޔާސަތުތަކަށް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ބެލެވެއެވެ. ވަޒީރުން އިސްތިއުފާ ދެއްވުމުން، ކެބިނެޓަށް ދެން އަންނާނެ ބަދަލުތަކެއް ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow