ކޮނޑޭ އިން ގޯއްޗަށް އެދުމުގު ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް

ކޮނޑޭ އިން ގޯއްޗަށް އެދުމުގު ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް

ގއ. ކޮނޑޭ އިން ގޯއްޗަށް އެދުމުގު ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިފި

8 months ago - 21:01
Feb 4, 2024 - 23:23
Advertisement

ކޮނޑޭ އިން ގޯއްޗަށް އެދުމުގު ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިފިއެވެ.

ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވަނީ, އެރަށުގެ އިރު އުތުރުން ކޮނޑޭ ސްކޫލްގެ އިރުން ކަމަށް އެރަށު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެެވ.

އެގޮތުން 3000 އަކަފޫޓުގެ 102 ބަންޑާރަ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮނޑޭ ކައުންސިލުން ވިދާޅުވި ގޮތުގައި, މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮނޑޭގެ ރަށްވެހިންނަށް ޚާއްސަކުރެވިގެން ދޫކުރާ 51 ގޯއްޗާއި, ރަށުގެ ރަށްވެހިން ނޫން އެހެން ފަރާތްތަަކަށް ޚާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ 51 ގޯއްޗެވެ.

Advertisement

އެހެން ކަމުން ކޮނޑޭއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ތެރެއިން 51 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. 

އެހެންކަމުން، ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ތެރެއިން ދެންނެވިފައިވާ ޝަރުތު ހަމަވާ ފަރާތަތަކުން 15 ފެބްރުވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އީމެއިލް އަށް އީމެއިލް ކުރައްވައިގެން ފޯމާއި، އިޢުލާނާއި، ގޯތި ދޫކުރުމުގެ އުޞޫލުގައި ބަޔާން ކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް އެކައުންސިލުން އެދިފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6820019 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް އެކައުންސިލުން ވަނީ އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement