ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރާނަން - އިޙްސާން
ހޯމް މިނިސްޓަރ އިޙްސާން

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރާނަން - އިޙްސާން

2 hours ago - 17:30
Advertisement

މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރަން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމުގެ އެޓާނީ ޖެނެރަލްއާއެކު ރާއްޖޭގެ ހިއުމަން ރައިޓް ރިވިއުގައި ބައިވެރިވި ކަމަށެވެ.

އަދި އެ ރިވިއުގައި ދިވެހި ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި އިސްލާމް ދީނުގައި އޮންނަ ގޮތަށް ހުކުމްތައް ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އިހްސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ބަލަން ޖެހޭ މިންގަނޑުތަކެއް އެބަހުރި ކަމަށެވެ.

Advertisement

އިހުސާން ވިދާޅުވީ ތަންފީޒީ މަރުހަލާއަށް ހަދަން ޖެހޭ އުސޫލުތަކާއި ގަވާއިދޔތަކާއި ތަން ތައްޔާރުކުރުމާއި މީހުން ތަމްރީންކުރުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement