ސްކޫލުތަކުން އެތައް ހާސް ވޭޕް ސްޓިކެއް ފެނިފައިވޭ: މިނިސްޓަރ އިހުސާން
މިނިސްޓަރ އިހްސާން

ސްކޫލުތަކުން އެތައް ހާސް ވޭޕް ސްޓިކެއް ފެނިފައިވޭ: މިނިސްޓަރ އިހުސާން

4 hours ago - 19:08
Advertisement

ރާއްޖޭގެ ސްކޫލުތަކުން މިދިޔަ އަހަރު އެތައް ހާސް ވޭޕް ސްޓިކެއް ފެނިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްހުމުހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި ގްރޭޑް 3 ގައި ކިޔަވާ ކުދިންނަށް ވެސް ބުލީ ކޮށްގެން ވޭޕް ދީފައި ހުރިކަންކަން ފާހަގަވެފައިވެއެވެ.

މިކަމާ ގުޅިގެން، ސަރުކާރުން ވަނީ ނޮވެމްބަރު 15 އިން ފެށިގެން ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށާއި، ޑިސެމްބަރު 15 އިން ފެށިގެން ބޭނުންކުރުމާއި ވިއްކުން މަނާކުރުމަށް ނިންމާފައެވެ. މި ނިންމުމުގެ މައިގަނޑު ސަބަބަކީ ކުޑަކުދިން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ވޭޕް މަނާކުރުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް އެއީ ރާއްޖޭގެ ކުރިމަގަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ތަންފީޒު ކުރަން ޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ކަސްޓަމްސް އިން ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން، ސަރުކާރުން ވަނީ ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ވެސް ނިންމައި، އެކަމަށް ގެންނަން ޖެހޭ ގާނޫނީ އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައެވެ. މިކަމާ ގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement