އެންމެން ބޮޑުފަޅިއަށް!

އެންމެން ބޮޑުފަޅިއަށް!

ގިނަ އަދަދެއްގެ ބަޔަކު މިރޭވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައި

10 hours ago - 23:55
Advertisement

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގިނަ އަދަދެެއްގެ މެމްބަރުން މިރޭ ގުޅިވަޑައިގެންފިއެވެ.

ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރުންގެ އަދަދު 60،000 އިން މައްޗަށް އަރައިިފިކަމަށް އެޕާޓީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ފަދައިން އަންނަ މަހު 17ގެ ނިޔަލަށް އެ އަދަދު 75،000 އިން މައްޗަށް އަރުވާ، ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ޕީއެންސީ ހެދުމުގެ އަމާޒަށް ވާސިލްވާނެކަމަށް ވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.

Advertisement

އެހާ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް އެހާމެ ގިނަ އަދަދެއްގެ މެމްބަރުން އިތުރުކުރުވުމަކީ ރައީސް. ޑރ. މުއިއްޒުގެ ގައުމާއި ދޭތެރޭ ގެންގުޅުއްވާ ތަސައްވުރާއި ރައްޔިތުންނާއި އެހާ ގާތުން މަސައްކަތް ކުރައްވާތީކަމަށާއި ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރަނީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކަމުގައި ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ މެމްބަރުން ގިނައީ ކުރިން ވެރިކަން ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ.

އެގޮތުން، ރާއްޖޭގެ ސިޔާސީ ޕާޓިތަކުގެ ދަފްތަރު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ބަލާއިރު، ރަޖިސްޓަރީކޮށްފައި ވަނީ 11 ޕާޓީ އެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement