ދުންފަތުގެ ވިޔަފާރިކުރެވޭނެ އެންމެ ހަނގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅަނީ

ދުންފަތުގެ ވިޔަފާރިކުރެވޭނެ އެންމެ ހަނގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅަނީ

10 hours ago - 23:42
Advertisement

ރާއްޖޭގައި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަނގު އުމުރަކީ، 21 އަހަރު ކަމުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އެކަން އިއުލާންކުރެއްވީ މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައިއެވެ. އެގޮތުން އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ މަހުން ފެށިގެން 8ރ. އަށް ބޮޑުކޮށް އަދި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމަވައިފައެވެ.

Advertisement

އޭގެ ތެރޭގައި ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާ އިން އަށް ރުފިޔާއަށް ބޮޑުކުރުން ހިމެނެއެވެ. މިއާއެކުގައި ކުރިއަށް އޮތް ތަނުގައި ސިނގިރޭޓު ފޮއްޓެއްގެ އަގު 200ރ. އަށް ވުރެ މައްޗަށް އަރާނެއެވެ. މިހާރު ސިނގިރޭޓު ފޮއްޓެއްގެ އަގު އުޅެނީ 100ރ. އާއި 110ރ. އާ ދެމެދުގައެވެ. ރާއްޖޭގައި ވަކިން ސިނގިރޭޓު ވިއްކުމަކީ މަނާ ކަމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement