ހުށަހެޅި އިސްލާޙާއެކު އައްބާސްވެސް ނިންމީ ސިނގިރޭޓު ބުއިން ހުއްޓާލުމަށް!
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް

ހުށަހެޅި އިސްލާޙާއެކު އައްބާސްވެސް ނިންމީ ސިނގިރޭޓު ބުއިން ހުއްޓާލުމަށް!

3 hours ago - 13:16
Advertisement

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސްގެ އަދަދު ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ތާޢީދުކޮށް، ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓް ބުއިން ހުއްޓާލުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ނިންމަވައިފިއެވެ.

"މިފަދަ ވަގުތެއްގައި މިފަދަ ހަރުދަނާ ގައުމީ ނިންމުމެއް ނިންމެވީތީ ވަޒީރުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާ ކުރަން،" އައްބާސް ވިދާޅުވި އެވެ. "އަޅުގަނޑަކީ ދުވާލަކު ދެ ފޮށި ސިނގިރޭޓު މިހާރު ވެސް ބޯ މީހެއް. ނޮވެމްބަރު 15، ވަނަ ދުވަހުން ފެށިގެން މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު ސިނގިރޭޓު ބުއިން ހުއްޓާލަން އަޅުގަނޑު ނިންމައިފިން." މިއަދުގެ މަޖިލީހުގައި އައްބާސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރައްވާނެ ކަމަށެވެ. ރައީސް ނިންމެވީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ. މަޖިލީހަށް އިއްޔެ ހުށަހަޅައިގެން މިއަދު ބަހުސް ކުރާ ބިލުގައި ވެސް އޮތީ އެގޮތަށް ޓެކްސް ބޮޑު ކުރުމަށެވެ.

އޭގެ އިތުރުން، ވޭޕް އާއި ވޭޕުގެ ބާވަތްތައް މަނާ ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރުން ނިންމާފައި ވަނީ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް މަނާ ކުރުމަށެވެ.

Advertisement

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުގެ ނަތީޖާއެއް ނުފެންނާނެ ކަމަށް ބުނެ، އެމްޑީޕީ ބައެއް މެމްބަރުން ވަނީ މި ބިލާ ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement