މިފްކޯއިން މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

މިފްކޯއިން މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

5 hours ago - 11:44
Advertisement
Advertisement

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން މަސް ގަންނަ އަގުތަކަށް ހެޔޮ އަދި ހިތްވަރުދޭ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތް ކުރިއެރުވުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ގެނެވުނު މުހިންމު ބަދަލެކެވެ.


މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މިހާރު ކަޅުބިލަމަސް ގަންނަމުންދަނީ ތިން ރޭޓަކަށް ބަހާލައިގެންނެވެ. އެގޮތުން:

1 ޓަނާއި 5 ޓަނާ ދެމެދުގެ މަސް ކިލޯއެއް 21 ރުފިޔާއަށް
5 ޓަނާއި 8 ޓަނާ ދެމެދުގެ މަސް ކިލޯއެއް 22 ރުފިޔާއަށް
8 ޓަނަށްވުރެ މަތީގެ އަދަދުތަކަށް މަސް ކިލޯއެއް 22.75 ރުފިޔާއަށް

މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އިންޞާފުވެރި އަދި އެކަށޭނަ އަގެއް ކަށަވަރުކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ. މީގެ ސަބަބުން ގިނަ އަދަދަކަށް މަސް ބާނާ ދޯނިފަހަރަށް މާލީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެއެވެ.


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިންނަށް ފަސޭހަކަމާއެކު މި އައު ރޭޓުތަކުގައި މަސް ވިއްކޭނެ އިންތިޒާމު މިފްކޯއިން މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހއ. އިހަވަންދޫ، ޅ. ފެލިވަރު، މ. މުލައް، ލ. ހިތަދޫ އަދި ގދ. ތިނަދޫ ބަނދަރުން ދޯނިފަހަރުން މަސް ކިރުމުގެ އިންތިޒާމުތައް ވަނީ ފަހިކޮށްދީފައެވެ.


މިފްކޯއިން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބަލައި މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށް މީގެ ކުރިންވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ވަނީ އަގުތައް މަތިކޮށްފައެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު ކިލޯއެއް 20 ރުފިޔާއަށް، އޮގަސްޓް މަހު 21 ރުފިޔާއަށް އަދި ސެޕްޓެމްބަރު މަހު 22 ރުފިޔާއަށް ކަޅުބިލަމަހުގެ އަގު ވަނީ ބޮޑުކޮށްފައެވެ. މިފަދަ ހެޔޮ ބަދަލުތަކަކީ މަސްވެރިންގެ ޙައްޤުގައި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަމުންދާ އިޚްލާޞްތެރި މަސައްކަތްތަކުގެ ހެއްކެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement