އެފްޑީސީ ފްލެޓުތަކުގެ އުސޫލުތަކާ ޚިލާފުވި 4 ފަރާތެއް ޖޫރިމަނާކޮށްފި: 44 މައްސަލައެއް ބަލަނީ

އެފްޑީސީ ފްލެޓުތަކުގެ އުސޫލުތަކާ ޚިލާފުވި 4 ފަރާތެއް ޖޫރިމަނާކޮށްފި: 44 މައްސަލައެއް ބަލަނީ

3 hours ago - 12:36
Advertisement
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓާ ގުޅިގެން ހުށަހެޅިފައިވާ 44 މައްސަލައެއް ބަލައި، އުސޫލުތަކާ ޚިލާފުވި ހަތަރު ފަރާތެއް މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގެ ފްލެޓުތަކާ ގުޅިގެން އާންމުންގެ ފަރާތުން ހުށަހަޅާ ޝަކުވާތަކާއި، ގަވާއިދާ ޚިލާފަށް ހިންގާ އެކި އަމަލުތައް އެ ކޯޕަރޭޝަނުން އަންނަނީ ވަރަށް ގާތުން މޮނީޓަރކޮށް ބަލަމުންނެވެ. މިގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ހުއްދަނެތި ކުއްޔަށް ދިނުމާއި، އިމާރާތަށް ބަދަލު ގެނައުމުގެ އިތުރުން ކުނިއެޅުމާއި އަޑުގަދަކުރުމުގެ މައްސަލަތައް ހިމެނެއެވެ.


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ހުއްދަނެތި އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެއް ކަމަށްވާއިރު، އެފަދަ 11 މައްސަލައެއް އެފްޑީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރެއިން މައްސަލަ ބަލައި ނިމުނު އެއް ފަރާތެއް މިހާރު ޖޫރިމަނާކޮށްފައިވާއިރު، އިތުރު ދެ ފަރާތަކަށް ވަނީ ނޯޓިސް ފޮނުވާފައެވެ. އަދި ބާކީ 8 ފަރާތެއްގެ މައްސަލަ އަދިވެސް ދަނީ ބަލަމުންނެވެ.


މީގެއިތުރުން، އިމާރާތުގެ ސްޓްރަކްޗަރ އަދި އިންޓީރިއަރއަށް ހުއްދަނެތި ބަދަލު ގެނައުމުގެ 27 މައްސަލައެއް އެ ކޯޕަރޭޝަނަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރެއިން އެއް ފަރާތެއް ޖޫރިމަނާކޮށް، އެއް ފަރާތަކަށް ނޯޓިސް ދީފައިވާއިރު، ބާކީ 25 މައްސަލައެއް ބެލުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.


ފްލެޓު ސަރަޙައްދުގައި ދިމާވާ ކުނި އެޅުމުގެ މައްސަލަތަކަށް ބަލާއިރު، ގަވާއިދާ ޚިލާފަށް ކުނި އެޅި ތިން މައްސަލައެއްގެ ތެރެއިން އެއް ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އަނެއް ދެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. މީގެއިތުރުން ކޯޕަރޭޝަންގެ އެންގުންތަކަށް އަމަލުނުކުރުމުގެ ދެ މައްސަލައަކާއި، އަޑުގަދަވުމުގެ މައްސަލައެއްވެސް އެފްޑީސީން އަންނަނީ ބަލަމުންނެވެ.


ކުލި ދެއްކުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 3,405 ޔުނިޓަކުން މަހުން މަހަށް ގަވާއިދުން ކުލި ދައްކަމުންދާ ކަމަށް އެފްޑީސީން މައުލޫމާތު ދެއެވެ. ނަމަވެސް ގަވާއިދުން ދައްކަންޖެހޭ ކުލި ނުދައްކާ 509 ޔުނިޓު އަދިވެސް އެބަހުރި ކަމަށް އެ ކޯޕަރޭޝަނުގެ ހިސާބުތަކުން ދައްކައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement