ގެއްލިގެން ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ

ގެއްލިގެން ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ

1 hour ago - 23:03
Advertisement
Advertisement

ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ ޒުވާން އަންހެން މީހާ، އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.


ގެއްލިގެން ހޯދަމުންދިޔައީ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލެވެ. މާލޭގައި ދިރިއުޅެމުންދާ މާއީ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އާއިލާއިން އެކަމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.


ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، މާއީ ވަނީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު، އެ ސްޓޭޝަނަށް ހާޒިރުވެފައެވެ.


ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މާއީ ފުލުހުންގެ އިދާރާއަށް ހާޒިރުވި އިރު އޭނާގެ ހާލު ރަނގަޅެވެ. އަދި އޭނާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement