މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބުކުރުން މާދަމާއަށް ފަސްކޮށްފި

މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބުކުރުން މާދަމާއަށް ފަސްކޮށްފި

2 hours ago - 12:01

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.


މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ނާޡިމް އިސްތިއުފާދެއްވިކަން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދުގެ ޖަލްސާގައި ވަނީ އިޢުލާން ކުރައްވާފައެވެ. އެއަށްފަހު، އައު ނައިބު ރައީސަކު އިންތިޚާބު ކުރުމަށްޓަކައި މިއަދު މެންދުރު 13:00 ގައި އިތުރު ޖަލްސާއެއް ބާއްވާނެކަން ރައީސް އިޢުލާން ކުރެއްވިއެވެ.


ނަމަވެސް، މަޖިލީހުގެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ މިއަދު ދެން އިތުރު ޖަލްސާއެއް ނޯންނާނެ ކަމަށާއި، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް ހާމަކޮށްފައެވެ.


މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޡިމް ވަކިކުރުމުގެ ޤަރާރެއް މި މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވެއެވެ. އަޙްމަދު ނާޡިމް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.


މަޖިލީހުގެ ޤަވާއިދު ބުނާގޮތުން، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު ހުސްވެއްޖެނަމަ، އެންމެ އަވަހަށް ބޭއްވޭ ޖަލްސާއެއްގައި އެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރަންޖެހެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow