ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ގުރުއަތުލުން މި މަހުގެ 6 ވަނަ ދުވަހު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ގުރުއަތުލުން މި މަހުގެ 6 ވަނަ ދުވަހު

48 minutes ago - 21:27

އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ދެ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގެ ގުރުއަތުލުން އޮންނާނީ އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރެއިނިންގ ހޯލުގައެވެ. މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވާއިރު، އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ.


މި އިންތިޚާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާނެވެ. ނަމަވެސް، ސިނާން ވަނީ ޕާޓީއަށް މި ގޮނޑި ކާމިޔާބުކޮށްދިނުމުގެ ބޭނުމުގައި، އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައި ފަހަތަށް ޖެހިވަޑައިގެންފައެވެ.


ސިނާން ސޯޝަލް މީޑިއާގައި ވިދާޅުވީ، ދާއިރާގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، މި ގޮނޑި ޕާޓީއަށް ކާމިޔާބުވުމުގެ ފުރުޞަތު ބޮޑީ އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ މި ނިންމުން ނިންމެވީ ކަމަށެވެ. އަދި ޕާޓީން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް އޭނާގެ ފުރިހަމަ ތާއީދާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ސިނާން ވަނީ ދެއްވާފައެވެ.


ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އިތުރު ޕްރައިމަރީއެއް ބޭއްވުމުގެ ވަގުތު ނެތުމުން، ޕްރައިމަރީގައި ދެން އެންމެ ގާތުން ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސައީދަށް ޕާޓީގެ ޓިކެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުމަކީ ޕާޓީގެ ރައީސާއި ލީޑަރޝިޕުންވެސް ބަލައިގެންފައިވާ ނިންމުމެއް ކަމަށް ކޮންގްރެސް ޕާޓީން މަޢުލޫމާތު ދެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow