ޅ. އަތޮޅުން ފެނުނު 5 ފޫޓުގެ ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި
ޅ. އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންނާ މިއަދު ހަވާލުކޮށްފިއެވެ.
މި ކިނބުލުގެ ދިގުމިނުގައި 5 ފޫޓު ހުރިއިރު، މި ކިނބޫ ފެނިފައިވަނީ ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަކަށް ޑިންގީއެއްގައި ދިޔަ ބަޔަކަށެވެ.
ކިނބޫ ފެނުމާއެކު އެ ސަރަހައްދަށް ދިޔަ މީހުން ވަނީ އެ ކިނބޫ ހިފައި، ޅ. ނައިފަރަށް ގެންގޮސްފައެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.
ރިއެކްޝަންސް





