ޕީއެންސީގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

ޕީއެންސީގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

2 hours ago - 09:39

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ.


ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.


މި ހަފްލާގައި ފަސްޓް ލޭޑީގެ އަރިހުގައި، ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ އިންތިޚާބުގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރުގެ މަޤާމު ފުރުއްވާ އިބްރާހީމް ފަލާޙްގެ އިތުރުން، ޕާޓީގެ އިސް ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


މި ރަސްމިއްޔާތުގައި ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލްއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަޤާމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ހުޅުމާލެ މެދު ދާއިރާއަށް ޕާޓީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މި ހަފްލާގައި ބައިވެރިވިއެވެ.


މި ޖަގަހަ ހުޅުވުމުގެ މަޤްޞަދަކީ ކުރިއަށް އޮތް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ހުޅުމާލެ މެދު ދާއިރާގައި ވަރުގަދަކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ. މިއީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން މާލެ ސަރަޙައްދުގައި ހުޅުވި މުހިންމު މަރުކަޒެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow