މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ ޒުވާނަކު ހައްޔަރުކޮށްފި

2 months ago - 16:57
Advertisement
Advertisement

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ ޒުވާނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.


މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 21 އަހަރުގެ ކަތިރިވިލް މަނިމަރަން އާއި 19 އަހަރުގެ ދަނޫޝްކާނދަން ގޯޕާލް އެވެ.


ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެމީހުން ރާއްޖެ އައިއިރު އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު، އެމީހުންގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކެއް ވަނީ ފެނިފައެވެ. ކަސްޓަމްސްއިން މި ތަކެތި ތަހުލީލު ކުރިއިރު، އެ ތަކެތި ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައެވެ. ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 6.7 ކިލޯ ހުރިކަމަށް ފުލުހުން ބުނެއެވެ.


މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެމީހުންގެ ބަންދަށް 6 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓުގައި ވާހަކަ ދައްކަމުން މި ދެމީހުން ވަނީ މި މައްސަލައިގައި ކުރިއަށްދިއުމަށް ގާނޫނީ ވަކީލެއް ބޭނުންވާކަމަށް ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement