މީޑިޔާ ބިލްގައި ހުރި ހުރިހާ ކަމަކަށް އެއްބަހެއް ނޫން- މިނިސްޓަރ އަސްވާޑް
މިނިސްޓަރ އަސްވާޑް: ބިލްގައި މައްސަލަތައް ހުރި ކަމަށް ވިދާޅުވި- ފޮޓޯ-ރައީސް އޮފީސް

މީޑިޔާ ބިލްގައި ހުރި ހުރިހާ ކަމަކަށް އެއްބަހެއް ނޫން- މިނިސްޓަރ އަސްވާޑް

މަޖިލުހުގައި ބިލްގެ ކޮމިޓީ މަރުހަލާ ވަނީ ފަށާފައި

4 hours ago - 12:07
Aug 28, 2025 - 12:11
Advertisement
Advertisement

އިއްޔެ ރައްޔިތުންގެ މަޖިލިހަށް ބަލައިގަން މީޑިޔާ ބިލްގައި ހުރި ހުރިހާ ކަމަކަށް އެއްބަސް ނޫން ކަމަށް މީޑިޔާގެ ކަންކަން ބަލަހައްޓަން މަތިކޮށްފައިވާ ވުޒާރާގެ މިނިސްޓަރ އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ބިލްބަލައިގަތުމުން ނޫސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއަށް ވަޑައިގެން ކުރީގެ ނޫސްވެރިޔާ ވިދާޅުވީ ބިލްގައި ހުރި ހުރިހާ ކަމަކަށް އެއްބަސް ނޫން ކަމަށާއި, އޭގައި ހުރި ކަންކަމާމެދު ނޫސްވެރިންނާއެކު ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއްބަސްނުވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން ވަޒީރު ވިދާޅުވީ "އެބަހުރި,އެބަހުރި އެއްބަސްނުވާ ކަންތައްތައް" ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ނޫސްވެރިކަމަށް ހިޔަނި އެޅޭ ކަމަކަށް އެމަނިކުފާނުވެސް ވަކި, އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށެވެ. ބިލްގައި ބައިވަރު މައްސަލަ ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ބިލް ބަލައިގަތުމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އަސްވާޑްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހީމް ޚަލީލްވެސް ރައީސް އޮފީހުގެ ކައިރީގައި ހަދާފައިވާ ނޫސްވެރިންގެ ފެންޑާއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ.

Advertisement
Advertisement

ރައްޔިތުންގެ މަޖިލިހުގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކު ހުށަހެޅުއްވި ބިލް އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މަޖިލިހަށް ބަލައިގަނެ, ކޮމިޓީއަށް ފޮނުވީ ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. ބިލް ދިރާސާކުރުމުގެ މަސައްކަތް މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement