
ޣައްޒާއިން މުލަރޯދަ ފޮޓޯތައް: އަޖައިބުވާފަދަ ހިތްވަރެއް, ގުޑުވާނުލެވުނު އަޒުމެއް!
1446 ވަނަ އަހަރުގެ ރަމަޟާން މަސް ޣައްޒާއާ ބައްދަލުކުރީ ލޯބިވާ އެތައްބައެއް ނެތިދިޔަ އަދި ދިރިއުޅެމުންދިޔަ ގެތައް ސުންނާފަތިކޮށްލި 15 މަސްދުވަހުގެ ޤަތުލްއާންމަށްފަހު އެވެ. ހަމަލާތައް މެދުކަނޑާލަން އެއްބަސްވި މުއްދަތު ނިމި މިހާރުވެސް މާހައުލުއޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ބޯމަތިން މިވަގުތުވެސް އިޒްރާއިލްގެ ހަނގުރާމަމަތީ ބޯޓުތައް ވޫސްއަޅާފައި ދަނީއެވެ. ނަމަވެސް މުލަ ރޯދަ ދުވަހު ޣައްޒާއިން ފެނިގެންދިޔައީ އާދަޔާޚިލާފް ހިތްވަރެކެވެ.
ޣައްޒާގައި އާދަކާދައިގެމްތިން ދަމާލާ ދިގު މޭޒު މަގުތައް މަތީ މިފަހަރުވެސް ދަމާލިއިރު ދެފަތާރުގައި ސުންނާފަތިވެފައި އިމާރާތްތަލިގެ ގާފުނިތައް ކޮޅާ ކޮޅު ނުފެންނަށް ވަރުގައެވެ. ނަމަވެސް ބޮކިފަތި ދަމާލާ އިންސާނީ އެހީގެ ގޮތުގައި ބަހާތަކެތިން އެމީހުން ސުފުރާ ޒީނަތްތެރިކޮށްލީ އެއްވެސް ތަސައްލީއެއް ނެތް ބައެއް ފަދައިންނެވެ. އަޖައިބުވާފަދަ ހިތްވަރެކެވެ.
48,388 މީހުން ޝަހީދުކޮށްލި ޤަތުލްއާންމުގައި ޢާއިލާއާއި ރައްޓެހިންގެ ހަނދާންތަކާއެކު އެމީހުންތިބި އިރު އެމީހުންގެ އަތުގައިވަނީ ހަމައެކަނި الله ޞުބުޙާނަހޫ ވަތައާލާއާ އޮތް ވަރުގަދަ އޮތް ގުޅުމާއި އެކަލާންގެ އަށް ވަކީލުކުރުމެވެ. އެއީ އިޒްރާއިލްއާ އެމެރިކާ އަދި މުޅި ދުނިޔެ އެކަމާ ދެކޮޅަށް ތެދުވިއަސް ފުނޑުފުނޑު ކޮށްނުލެވޭނެ ވަރުގަދަ ގުޅުމެކެވެ. ފަލަޞްޠީނުގެ ރައްޔިތުންގެ ކިބައިން ފެންނަ އާދަޔާޚިލާފް ކެތްރިކަމާއި, އަޒުމަކީ އެމީހުން އެކަލާންގެއާ ދެމެދު އޮންނަ މަތިވެރި އަދި ވަރުގަދަ ގުޅުމުގެ ތަރުޖަމާއެކެވެ.
ޤަތުލްއާންމުގެ ޒަޙަމްތައް އެމީހުންގެ ނަފްޞުތަކުން ދުވަހަކުވެސް ފިލާދާނެކަމެއް ނޭނގެއެވެ. 15 މަސްވަންދެން އެމީހުން އުޅުނު ބިރުވެރި, އަދި ވޭންދެނެވި ހާލަތަށް އަނބުރާ ދާންޖެހިދާނެ ކަމުގެ ބިރާއި ސިހުމުގައި އެމީހުންގެ ސިކުނޑިތައްވަނީ ބަރުވެފައެވެ. ނަމަވެސް މުލަރޯދަ ދުވަހު ވެސް އެމީހުންގެ ފުށުން ފެނިގެންދިޔައީ ކެތްތެރިކަމާއި, މިންވަރަށް ރުހުމާއި, އެކަލާންގެ އަށް ޝުކުރުވެރިވުމުގެ އިންތިހާއެވެ. ފާއިތުވި ރަމަޟާން މަސް އެމީހުން ހޭދަކުރި އެ ބިރުވެރިކަމުގެ ތެރޭގައި އާއިލާގެ މީހުން ދިރިތިބީތޯ ވެސް ނޭނގޭ ހާލުގައެވެ.
މުޅި މުސްލިމް އުއްމަތުގެ ދިފާއުގައި, މުސްލިމުންގެ ތިންވަނަ ޙަރަމްފުޅުގެ ދިފާއުގައި ފަލަޞްޠީނުގެ ރައްޔިތުން އެކުރަމުންދާ ޖިހާދަށް ނަޞްރުދެއްވާންދޭވެ! މިނެންނެތް އަޖުރު އެބައިމީހުންނަށް ދެއްވާ, އުރުދުން ކޯރުން މެޑިޓެރޭނިއަން ކަނޑާހަމައަށް ފަލަޞްޠީން މިނިވަންކުރައްވާނދޭވެ!. އާމީން, ޔާ ރައްބުލް ޢާލަމީން.
ރިއެކްޝަންސް






