ޣައްޒާ އިން މިސްޓަރ ޓްރަމްޕްއަށް ސިޓީއެއް!
ހަނގުރާމައިގެ ކުރިން ޣައްޒާގެ ގޮނޑުދޮށުގެ ހިތްގައިމު މަންޒަރެއް. ފޮޓޯ:މިޑްލްއީސްޓް މޮނިޓަރ

ޣައްޒާ އިން މިސްޓަރ ޓްރަމްޕްއަށް ސިޓީއެއް!

3 days ago - 15:15
Feb 19, 2025 - 16:07

ޑިއަރ މިސްޓަރ ޓްރަމްޕް,

އަހަރެން މި ސިޓީ މި ލިޔަނީ ޤަތުލްއާންމުން ސަލާމަތްވި ފަލަޞްޠީނުގެ ރައްޔިތެއްގެ ހައިސިއްޔަތުންނެވެ. އަހަރެން އުފަންވެ, ބޮޑުވީވެސް ޣައްޒާގައެވެ. އެއީ ލޯތްބާއި އުއްމީދު ނެތިނުދާނެ ޝަހަރެކެވެ.

ޣައްޒާ އާ ގުޅޭގޮތުން ތިބޭފުޅާގެ ވިސްނުން ހާމަކުރިއަޑު އަހަރެން އަހައިފީމެވެ. ހަޤީގަތުގަވެސް އަހަރެން މިހުންނަނީ އަދިވެސް ފަހުމް ނުވެފައެވެ.

ސުލްޙަ ޤާއިމްކުރާ މީހެއްގެ ނަމުގައި އިޒްރާއިލްއަށް އަދިވެސް ޤަތުލްއާންމު ކުރިއަން ގެންދިއުމަށް ތިޔަދެއްވަނީ ހިތްވަރެވެ. ބޭނުންވާ ގޮތަށް ކަންނުހިނގާނަމަ ޣައްޒާއަށް ނަރަކައި ދޮރު ހުޅުވުނީކަމަށް ބުނީމުއެވެ.

Advertisement
Advertisement

މިސްޓަރ ޓްރަމްޕްއެވެ. އަހަރެންން މިހާރުވެސް މިތިބީ ތިޔަ ވިދާޅުވާ ނަރަކައިގައެވެ. އަހަރެމެންގެ ތެރެއިން 60,000 މީހުން ޝަހީދުވެއްޖެއެވެ. 15 މަސް ދުވަހުގެ ތެރޭގައެވެ.

ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ކްރެޑިޓް ތިބޭފުޅާ ނެގީމުއެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ކަންކުރުމަށް އިޒްރާއިލްއަށް ބާރުއެޅުމަށް ބޭނުމެއް ނުވިއެވެ.

ޣައްޒާއަކީ ސުންނާފަތިވެފައި އޮތް ކޮންކްރީޓް ސައިޓެއް ކަމުގައި ވިދާޅުވީމުއެވެ. އެކަމަކު މިތަން ސުންނާފަތިކޮށްލި ބަޔަކު ނުބުނެވުނުއިރު އިތުރަށް ސުންނާފަތިކުރުމަށް ތިޔަ ގެންދަވަނީ ބޮމާއި, ބަރުހަތިޔާރު ހަދިޔާކުރައްވަމުންނެވެ.

ޣައްޒާގެ ރައްޔިތުންނަށް 'ރައްކާތެރިކަމާއި' 'އުފާވެރިކަން' ހޯދައިދޭނެ ކަމަށް ވިދާޅުވިއިރު ބުރައެއް އުފުލުމަށް ޖައްސާހެން އުރުދުން އަދި އެހެން ޤައުމުތަކަށް އަހަރެމެން ފޮނުވާލަން ތިޔަ އުޅެނީ ކީއްވެހެއްޔެވެ!

އަހަރެމެން ޣައްޒާގައި އުޅެން ބޭނުންވަނީ އަހަރެމެންނަށް ދުނިޔޭގެ އެހެން ތަންތަން ނުފެންނާތީ ކަމުގައި ބުނީމުއެވެ.

މިސްޓަރ ޓްރަމްޕް އެވެ. އަހަންނަށް ހީވަނީ ޣައްޒާގެ ރައްޔިތުންނަކީ ކޮންބައެއްކަން , އަދި އަހަރެމެންނަށް ޣައްޒާއަކީ ކިހާވަރެއްގެ ތަނެއްކަނަށް ވަރަށް ބޮޑަށް އޮޅިވަޑައިގެންފައިވާހެނެވެ.

އަހަރެމެންނަކީ ތިޔަ ވިދާޅުވާ ލަގްޒަރީ ރިސޯޓް ހަދަން ވަރަށް ކުޑަކުޑަ ހުރަހެއް ކަމަށް ހީވެފައި އޮވެދާނެއެވެ. އެކަމަކު އަހަރެމެން މިތިބީ މިބިމަށް މޫލާފައެވެ. މިތާގެ ދިގު ތާރީޚް އަހަރެމެންނާ ފަހަރެއްގައިވެސް ވަކި ނުކުރެވޭނެއެވެ. އަހަރެމެންނަކީ މި ބިމުގެ ހަޤީގީ ވެރިންނެވެ.

ޣައްޒާއަކީ ވިޔާފާރިއެއް ނޫނެވެ. އަދި ޣައްޒާގެ ބިމަކީ ގަނެލެވޭނެ ތަނެއްވެސް ނޫނެވެ.

ޣައްޒާއަކީ އަހަރެމެންގެ ގެއެވެ. އަހަރެމެންގެ ބިމެވެ. އަދި އަހަރެމެންގެ ވާރުތައެވެ.

އަހަރެމެން މިތާ މިތިބެނީ ދުނިޔެ ނުފެންނާތީއެއް ނޫނެވެ. އާނ އެކެވެ! 17 އަހަރުވަންދެން މިބިމުގައި ޤައިދުކޮށްގެން އެހާމެ ދަތި އުނދަގުލުގައި އިޒްރާއިލްއިން އަހަރެމެން ބައިތިއްބައިފިއެވެ. ބައެއްފަހަރު ކިޔަވަން, ސިއްހީ ފަރުވާއަށް ނުނީ މަސައްކަތުގެ ގޮތުން ބަޔަކު ޣައްޒާއިން ދިޔަކަމުގައި ވިޔަސް އެނބުރި އަންނަނީ މިބިމަށެވެ. ކީއްވެ ހެއްޔެވެ! އެއީ މިއީ އެމީހުންގެ ގެ ކަމުގައި ވާތީއެވެ.

އޭގެ އެންމެ ބާރުގަދަ މިސާލަކީ ޑރ. ރަފާތު އަލްރީރް އެވެ. އިނގިރޭސިވިލާތުން މާސްޓާރސް ޑިގްރީ އަދި މެލޭޝިއާއިން ޑޮކްޓަރޭޓް ޑިގްރީ ހައްދަވައިގެން އެނބުރި ވަޑައިގަތީއެވެ. އިޒްރާއިލްއިން 2023ގައި ރަފާތު ޝަހީދުކޮށްލީ މި ޣައްޒާގެ ބިމުގައެވެ.

ޣައްޒާއިން ބޭރުގައި މާ އަރާމު ދިރިއުޅުމެއް އުޅެވެން އޮއްވައިވެސް އެނބުރި ވަޑައިގަތީއެވެ. ޣައްޒާގެ މި ބިމަށެވެ.

ޤަތުލްއާންމު ފެށުނު ފަހުން އަހަންނަށްވެސް ޣައްޒާ ދޫކޮށްދާން ފުރުޞަތު ލިބުނެވެ. އެކަމަކު އަހަރެން ހިޔާރުކުރީ ޣައްޒާއެވެ. މިބިމިގައި މަރުވެދާން ޖެހުނުކަމުގައި ވިޔަސް ހެޔޮކަމުގައެވެ. އެކަމަކު އެހެން މީހުން ފަދައިން އަހަރެންވެސް ބޭރަށްގޮސް ކިޔަވައިގެން އެނބުރި އައިސް އަހަރެންގެ ޤައުމުއާރާސްތުކުރުމަށް އެހީވުމަށް އަހަރެންވެސް އުއްމީދުކުރަމެވެ.

އެއީ ފަލަޞްޠީނު މީހުންގެ ގޮތެވެ. އަހަރެމެން އިލްމު ޙާސިލްކުރަން ލިބޭ ފުރުޞަތު ނަގާނުލާނެއެވެ. ނަމަވެސް މި ބިން ދޫކޮށް ދުވަހަކުވެސް ނުދާނެއެވެ.

އާރސްތުކުރާ ވާހަކަ ދައްކާލަމާ ހިނގާށެވެ. "މިޑްލްއީސްޓް ރިވެއިރިއާ" އަށް ޣައްޒާ ހަދާނެ ކަމުގައު ބުނީމުއެވެ. ބުނަންހެއްޔެވެ! ޣައްޒާއަކީ އެއް އިރެއްގައި ތިޔަ ވިދާޅުވާ މެދުއިރުމަތީގެ ރިވެއިރިއާ އެވެ. ޒަމާންނުދެކޭފަދަ ވިޔަފާރީގެ މަޒުކަޒުތަކާއެކު އަހަރެމެންގެ ކާބަފައިން ބިނާކުރި ޕޯޓް ސިޓީތަކާއި ޘަގާފީ ސެންޓަރުތައް ނުދެކެމުހެއްޔެވެ! ތިޔަ ވިދާޅުވާ ބަސްތަކަށްވުރެ މާފުރިހަމަ އެތަން އިޒްރާއިލްއޭ ކިއުނު ދައުލަތް މިބިމުގައި އުފެދުމާއެކު ހަލާކުވެ ނެތިކޮށްލީއެވެ. އޭރު މަނިކުފާނު ކިރިޔާ އުފަންވީއެވެ.

އިޒްރާއިލްގެ އަނިޔާވެރިކަމުގައި މިޤައުމު ސުންނާފަތިކޮށްލާ ކޮންމެ ފަހަރަކު އަހަރެމެން މިތަން އަލުން އާރާސްތުކުރަމެވެ. އިޒްރާއިލްގެ އިންތިހާ ދަތިކުރުމާއެކުވެސް އަހަރެމެން މިބިމުގައި އުޅުނީ އުފަލުގައެވެ. އާއިލާތައް ބަދަހިކަމާއެކުއެކު ހިތްގައިމު ގެތަކެއްގައެވެ.

އެކަމަކު އިޒްރާއިލްއިން މިތަން މިހާރު މިއޮތީ ގާފުނިތަކަކަށް ބަދަލުކޮށްލާފައެވެ. ރަނގަޅެވެ. މިތާކު މިހާރު ދިރިއުޅެވޭކަށް ނެތެވެ. އިންސާނީ އެހީތެރިކަމުގެ ނަމުގައި ތިބޭފުޅާ އަޅުގަނޑުމެންގެ ނަޞްލު ނައްތާލުމަށް ހުށަހަޅައިފީމުއެވެ.

ނޫނެކެވެ! މިސްޓަރ ޓްރަމްޕް އެވެ. ނޫނެކެވެ. މިނޫން އެހެންތާކު އަހަރެމެންނަށް 'އުފަލެއް' އަދި 'ރައްކާތެރި' ކަމެއްވެސް ނެތެވެ.

އެކަމަކު އެއްކަމެއްގައި އަޅުގަނޑު ތިބޭފުޅާއާ އެއްބަސްވަމެވެ. "ތިބޭފުޅާ ތާރީޙް ދަސްކުރަން އެބަ ޖެހެއެވެ" ތާރީޙް ނަގައިދިން ފިލާވަޅަކީ މިޒަމާނުގައި ސެޓްލަރ ކޮލޯނިއަލިޒަމް ދެމި ނޯންނާނެ ކަމުގައެވެ. އެހެންކަމުން ތިޔަވިދާޅުވާ ޕްލޭންއަކީ ޔަޤީނުންވެސް ފެއިލްވާނެ ކަމެކެވެ.

ޣައްޒާގެ ރައްޔިތުން މިބިމުން އުފުރައެއް ނުލެވޭނެއެވެ. އަހަރެމެން ބިމުގެ ހައްޤުން ވަކި ނުކުރެވޭނެއެވެ. ގަދަބާރުންވިއަސް އަހަރެމެން މިބިމުން ނެރެނުލެވޭނެއެވެ. މިބިން މާރުކޭޓުގައި އަގުމަގުކުރެވިގެންދާތަން ބަލަން އަހަރެމެން ނުތިބޭނަމެވެ. އަހަރެމެންނަކީ ހައްލުކުރަންޖެހޭ މައްސަލައެއް ނޫނެވެ. އަހަރެމެންނަނީ އަހަރެމެންގެ އަމިއްލަ ބިމުގައި މިނިވަންކަމާ, ފަޚުރާއެކު އުޅޭނެ މިބިމުގެ ހަޤީގީ ވެރިންނެވެ.

ބާރާއި މުއްސަނދިކަމުން ޣައްޒާގެ ޤުދުރަތު ބަދަލު ނުކުރެވޭނެއެވެ. ތާރިޚް ލިޔުނީ ވަގުންނެއް ނޫނެވެ. ތާރީޙް ލިޔުނީ މިބިން ދޫކޮށްދާން ދެކޮޅުހެދި މީހުން އެމީހުންގެ އަމިއްލަ ރުހުމުގައެވެ. ކިތަންމެ ފިއްތުންތައް ކުރިމަތި ކުރިއަސް މިބިމާ އަހަރެމެންނާ އޮތް ގުޅުންކަނޑާނުލެވޭނެއެވެ. އަމާންދިނުމަކީ އަހަރެމެން ޤަބޫލުކުރާ ހަމައެއް ނޫނެވެ. މި ބިމަށްޓަކައި ޝާހީދުވި މީހުންގެ ލެއަށް އަހަރެމެން ކުރާ ޤަދަރު ކަނޑުވާ ނުލެވޭނެއެވެ.

ހާސިލްނުކުރެވޭނެ ތި ހުވަފެނަށް ސަލާމެވެ.

ހަސަން އަބޫޤަމަރް

ޣައްޒާ, ފަލަޞްޠީން

މިއީ ޣައްޒާގެ ޒުވާން ލިޔުންތެރިޔާ ޙަސަން އަބޫޤަމަރް އަލްޖަޒީރާއަށް ލިޔެފައިވާ ލިޔުމެއްގެ ދިވެހި ރަތުޖަމާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow