198 ފުލުހުން ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކޮށްފި
ފާސްވީ 171 ދަރިވަރުން
198 ފުލުހުން ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކޮށްފިއެވެ. ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯސް 198 ފުލުހުން ފުރިހަމަ ކުރިނަމަވެސް ކޯހުން ފާސްވީ 171 ދަރުވަރުންނެވެ.
ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ހޯދީ ކޮންސްޓަބަލް މުޙައްމަދު އައިމަންއެވެ. ދެވަނަ ހޯދީ ސަރޖަންޓް ނަހުމާ ޢަބްދުﷲ އެވެ. ތިންވަނަ ހޯދީ ކޮންސްޓަބަލް ހުސައިން އައިހަމްއެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ ކޮންސްޓަބަލް ހަސަން ޝާމިލް އެވެ. ދެވަނަ ހޯދީ ކޮންސްޓަބަލް އިބްރާހީމް އާޠިފް އަލީއެވެ. ތިންވަނަ ހޯދީ ކޮންސްޓަބަލް އިބްރާހީމް ނާސިރުއެވެ.
އެންމެ މޮޅު ސްކޮޑަކަށީ ރަންވިއްކާ ސްކޮޑެވެ. މި ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން ތައުލީމީ ވަޒީރު ޑރ.އިސްމާއީލް ޝަފީއު އެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. 37 ވަނަ ކޯސް ކުރިއަށް ގެންދިޔައީ މި އަހަރުގެ ޖުލައި މަހުގެ 21 އިން ޑިސެންބަރު 9 އަށެވެ.
ރިއެކްޝަންސް