ކުރަން ޖެހޭ އެންމެ މުޙިއްމު ކަމަކީ ތަންފީޒީ އިދާރާތައް ހަރުދަނާ ކުރުން – ނާޒިމް
ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް

ކުރަން ޖެހޭ އެންމެ މުޙިއްމު ކަމަކީ ތަންފީޒީ އިދާރާތައް ހަރުދަނާ ކުރުން – ނާޒިމް

3 hours ago - 10:57

ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ޤާނޫނުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރޭތޯ ބެލުމަކީ މުޙިއްމު ކަމެއް ކަމަށާއި، އެހެން ނޫންނަމަ އެ ޤާނޫނު ތަކުގެ ފައިދާ ރައްޔިތުންނަށް ލިބެމުން ނުދާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު، ވޭޕިން ޑިވައިސް ރާއްޖެ އެތެރެކޮށްފައިވަނީ ކަންބޮޑުވާންޖެހޭ ގިނަ އަދަދަކަށް ކަމަށާއި، ރައްޔިތުންނަށް ރަނގަޅު ޞިއްޙަތެއް ލިއްބައިދިނުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ނާޒިމް ވަނީ އާސަންދައިން ކުރަމުން އަންނަ ބޮޑު ހޭދައަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ނާޒިމް ވިދާޅުވީ، ފަރުދީ ގޮތުން ނަގަން ޖެހޭ ޒިންމާތައް ނެގުމެއް ނެތި، އަދި އެއްވެސް މިންވަރަށް ޞިއްހަތަށް ބެލުމެއް ނެތި ދުންފަތުގެ އިސްތިޢުމާލު ކުރުމަށްފަހު، ޢުމުރުން ދުވަސް ވުމުން، އެ މީހެއްގެ ޞިއްހީ ކަންކަން އާސަންދަައަށް ބަރޯސާ ކުރާ ކަމަށާއި، އެއީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow