އައްޑޫ މީދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީއާއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫ މީދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީއާއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

5 hours ago - 22:40
Advertisement
Advertisement

އައްޑޫ ސިޓީ މީދޫގައި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަގުސޫދުގައި، މީދޫ ކައުންސިލާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ދެމެދު މުހިންމު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުންތަކުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ޙަސަން ދީދީއެވެ. އަދި މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޝާތިރެވެ.


މި ބައްދަލުވުމުގައި ސޮއިކުރެވުނު 3 އެއްބަސްވުމަކީ:

މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ގާއިމުކުރުން.
މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުން.
މީދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ގާއިމުކުރުން.

މި އެއްބަސްވުންތަކުގެ ތެރެއިން، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކޮށް ދިރާސާކުރުމަށްޓަކައި ގާއިމުކުރާ ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމަށް ވުޒާރާއިން ވަނީ އެއްބަސްވެފައެވެ.


މީގެ އިތުރުން، ގްރީންހައުސްތައް ހަދިޔާކުރުމުގެ އެއްބަސްވުމުގެ ދަށުން އެކަމަށް ބޭނުންވާ ތަކެއްޗާއި ފަންނީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާއިރު، މީދޫގައި ގާއިމުކުރާ އެގްރޯފޮރެސްޓްރީ ދަނޑަށް ބޭނުންވާ ފުރިހަމަ އެހީތެރިކަންވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭނެއެވެ.


ދަނޑުވެރިކަން ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމަށްޓަކައި މީގެ ކުރިންވެސް ރާއްޖޭގެ 10 ރަށަކާއެކު ސަރުކާރުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement