މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީއެންސީގެ ޖަގަހަތައް ޤާއިމުކުރަނީ

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީއެންސީގެ ޖަގަހަތައް ޤާއިމުކުރަނީ

51 minutes ago - 10:40

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައިލުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.


އެމްއެމްޓީވީން ގެނެސްދޭ "ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕީއެންސީ ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޕާޓީގެ ހިންގުން ހަރުދާނުކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ.

އަދި، މިހާރު ޕާޓީގެ ޖަގަހައެއް ނެތް ރަށްރަށުގައިވެސް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާނެ ވަޞީލަތްތައް ފުރިހަމަކުރެވިފައިވާކަމަށާއި، އަތޮޅު ތެރޭގައި ޕާޓީގެ ހަރަކާތްތައް ހިންގުން ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދާ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީއެންސީގެ ޖަގަހަތައް ގާއިމުކުރުމާއި، މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމައި ހުރިހާ ރަށެއްގައި ޕާޓީގެ ޖަގަހަތައް ގާއިމުކޮށް ނިންމުންކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow