މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޖަޕާނު ސަފީރު މިނިސްޓަރ ޢަލީ ޝަރީފާ ބައްދަލުކުރައްވައިފި
މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ދެމެހެއްޓުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، މިނިސްޓަރ ޢަލީ ޝަރީފާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިންނާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމާ ގުޅޭ އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރިއަށްދާނެ ގޮތްތަކާއި، މި ދާއިރާތަކުން ލިބެންހުރި ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ މުހިންމު ޚިޔާލުތަކެއް ބަދަލުކުރައްވާފައެވެ.
ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. ވަކިން ޚާއްޞަކޮށް ތިމާވެށި ޙިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކާ ގުޅުންހުރި އެކިއެކި މަޝްރޫޢުތަކުގައާއި ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގައި ޖަޕާނު ސަރުކާރުން އަބަދުވެސް ރާއްޖެއަށް އަންނަނީ އަގުހުރި އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
ރިއެކްޝަންސް





