ބޭރު ފައިސާ މާރުކުރަން ކެރިވަޑައިގެންނެވި ފުރަތަމަ ލީޑަރަކީ ރައީސް ޑރ. މުޢިއްޒު: ނައިބު ރައީސް

ބޭރު ފައިސާ މާރުކުރަން ކެރިވަޑައިގެންނެވި ފުރަތަމަ ލީޑަރަކީ ރައީސް ޑރ. މުޢިއްޒު: ނައިބު ރައީސް

1 hour ago - 10:22

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ތެރެއިން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމުގެ ސިޔާސަތަކީ ރާއްޖޭގެ ކުރީގެ ވެރިންވެސް ދެއްކެވި ވާހަކަފުޅެއް ނަމަވެސް، ރައްޔިތުންގެ ޙައްޤުގައި އެ ސިޔާސަތު ތަންފީޒުކުރައްވަން ކެރިވަޑައިގެންނެވި ފުރަތަމަ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

"އެމްއެމްޓީވީ"ން ގެނެސްދޭ "ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅު ބައްޓަންކުރައްވާފައިވަނީ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ކަމެއް ކުރެއްވުމަށް ކަމަށެވެ.

އެގޮތުން  ޑޮލަރު މާރުކުރުން ލާޒިމުކުރުމަށް ރައީސް ނިންމެވި ނިންމެވުކީ އިގުތިސާދުގައި ޑޮލަރު ދައުރުނުކުރާ މައްސަލަ ހައްލުކުރެއްވުމަށް އެޅުއްވި ދުރަށް ވިސްނަވައިގެން ފަރުމާކުރެއްވި ސިޔާސަތެއް ކަމަށް ނައިބުރައީސް ސިފަކުރެއްވިއެވެ. ނައިބުރައީސް ވިދާޅުވި ގޮތުގައި މި ސިޔާސަތުތަކަކީ ޖުމްލަކޮށް ގިނަ ރައްޔިތުންނަށް އެއިން މަންފާވާނެ ރައްޔިތުންގެ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ ސިޔާސަތުތަކެއް ކަމަށެވެ.

ނައިބުރައީސް އިތުރަށް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ތަންފީޒުކުރަން ބޭނުންވި ސިޔާސަތެއް ކަމަށާއި، ނަމަވެސް އެ ސިޔާސަތު އެމް.ޑީ.ޕީ.އަށް ތަންފީޒުކުރަން ނުކެރުނު ކަމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow