އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރ، ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރ، ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

12 hours ago - 10:32
Advertisement
Advertisement

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރު، މިސްޓަރ ޓޮފް ވަހާބް، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ހައި ކޮމިޝަނަރގެ އަރިހުގައި، އިނގިރޭސިވިލާތުގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޔުނިޓުގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮޖެކްޓް އެންޑް ޕްރިޕެއާޑްނަސް އޮފިސަރ މިސްޓަރ މެތިއު ޕޮޓްސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އައުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތާއި އިނގިރޭސިވިލާތުގެ ކަމާގުޅޭ މުއައްސަސާތަކާ ދެމެދު އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
 

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ފުލުހުންގެ ތަމްރީނާއި، ފަންނީ އެހީތެރިކަމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން މުއައްސަސާގެ ކުރިއެރުމަށް އިނގިރޭސިވިލާތުން ދެމުންގެންދާ އެއްބާރުލުން އެގޮތުގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ. އަދި ފުލުހުންގެ ފަންނީ ހުނަރުވެރިކަން އިތުރުކުރުމަށާއި، ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް ގުޅިގެން އިތުރަށް މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.
 

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި އިނގިރޭސިވިލާތުގެ މުއައްސަސާތަކާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ފާހަގަކުރައްވައި، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށާއި މުއައްސަސާގެ ތަރައްގީއަށް އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement