ބޮޑު ޢީދާ ގުޅިގެން އިތުރު ބަންދު ދުވަހެއް ނެތް!
ޢީދު ބަންދުގެ ގޮތުގައި ލިބޭނީ 5 ދުވަސް

ބޮޑު ޢީދާ ގުޅިގެން އިތުރު ބަންދު ދުވަހެއް ނެތް!

ޙައްޖު ދުވަހާއި ހަފްތާ ބަންދާއެކު ލިބޭނީ 5 ދުވަސް

11 months ago - 12:12
May 28, 2025 - 12:18
Advertisement
Advertisement

ކުރިއަށް އޮތް ބޮޑު ޢީދާ ގުޅިގެން އިތުރު ދުވަހެއް ބަންދު ނުކުރަން ސަރުކާރުން ނިންމަވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.

މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ކުރިއަށް އޮތް ޖޫން މަހުގެ 5 ވާ ބުރާސްފަތި ދުވަހާ އެވެ. ސަޢޫދީޢަރަބިއްޔާއިން ވަނީ އެގޮތަށް ކަނޑައެޅުއްވާފައެވެ. އެހެންކަމުން މިއަހަރުގެ އަޟްހާ ޢީދު ދުވަސް ދިމާވަނީ ޖޫން 6 ވާ ހުކުރު ދުވަހާއެވެ. ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ވާނީ ޖޫން 5-9 އަށެވެ. ޢީދު ބަންދުގެ ގޮތުގައި ލިބޭނީ 5 ދުވަހެވެ.

ޢާއްމުގޮތެއްގައި ބޮޑު އީދާ ގުޅިގެން ބަންދު 10 ދުވަސް ލިބެއެވެ. އެކަމަކު އެއީ އީދާ ހަފްތާ ބަންދުގެ މެދަށް ވަންނަ ރަސްމީ ބައެއް ދުވަސްތައް ސަރުކާރުން ބަންދު ކުރުމުންނެވެ. މިއަހަރު ސަރުކާރުން ނިންމަވާފައި މިވަނީ އަޟްހާ ޢީދާ ގުޅިގެން އިތުރު ދުވަހެއް ބަންދު ނުކުރުމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement