ތިލަފުށީ ވިޔަފާރި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް: އޮކްޓޫބަރު މަހު ޚިދުމަތް ފެށުމަށް ތައްޔާރުވަނީ!
ފޮޓޯ: އެމް.ޕީ.އެލް

ތިލަފުށީ ވިޔަފާރި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް: އޮކްޓޫބަރު މަހު ޚިދުމަތް ފެށުމަށް ތައްޔާރުވަނީ!

1 hour ago - 09:44
Sep 2, 2026 - 09:49
Advertisement
Advertisement

ތިލަފުށީ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ލޮޖިސްޓިކްސް އަދި ކަނޑުދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރުގެ ބަނދަރެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢު ނިމުމުން، މުދާ އުފުލުމާއި ބޭލުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެ، ބަނދަރުގެ އޮޕަރޭޝަނަލް ހިންގުން އިތުރަށް ވަރުގަދަވެގެންދާނެއެވެ. މީގެއިތުރުން ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ޚިދުމަތްތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް މަގުފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.


ތިލަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވީ، ތިލަފުށީގައި ގާއިމްކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހަށް މުޅިން ނިންމާލެވޭނެ ކަމަށެވެ. އަދި 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމުގެ މަސައްކަތްތަކާއި، މުދާ ބޯޓަށް ލޯޑުކުރުމުގެ ހިދުމަތްވެސް ތިލަފުށިން ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.


މި ބަދަލާއެކު، މާލެއަށާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އޮކްޓޫބަރު މަހުން ފެށިގެން މާލެއާއި ތިލަފުށީގެ ދެ ބަނދަރުގައި ވެސް އެއްވަރަކަށް މަސައްކަތްތައް ހިނގަމުންދާނެ ކަމަށް އެމްޕީއެލް އިން މައުލޫމާތުދެއެވެ.


ވިޔަފާރި ބަނދަރުގެ މުޅި އޮޕަރޭޝަނަށް ބަލާއިރު، މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައިވާ އިންޑަސްޓްރިއަލް ވިލެޖުގައެވެ. މީގެއިތުރުން، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނީ މާލޭގެ އެތެރޭގެ ޓްރެފިކަށް އެއްވެސް ދަތިކަމެއް ނާންނާނެ ފަދަ އިންތިޒާމުތަކަކާއެކު ކަމަށްވެސް އެ ފަރާތުން ހާމަކުރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement