13 ރަށެއްގައި 2,100 ހައުސިން ޔުނިޓް އެޅުމަށް ބީލަމަށް ހުޅުވާލައިފި

13 ރަށެއްގައި 2,100 ހައުސިން ޔުނިޓް އެޅުމަށް ބީލަމަށް ހުޅުވާލައިފި

4 hours ago - 23:02
Advertisement
Advertisement

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން، 13 ރަށެއްގައި 2,100 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ފަރާތްތަކެއް ހޯދަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.


ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ މި މަޝްރޫޢަކީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މި މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުން އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) މެތަޑަށެވެ.


މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމާއި، ކުރެހުންތައް ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުން އަމިއްލައަށެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫއަށް ބިން ދޫކުރާނީ ހިލެއެވެ. މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް ނިންމައި ހަވާލުކުރަން ޖެހެއެވެ.


މަޝްރޫޢު ކުރިއަށްދާނެ ރަށްތަކާއި ޔުނިޓްތަކުގެ އަދަދު:

300 ޔުނިޓް: ޅ. ނައިފަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ
200 ޔުނިޓް: ލ. ގަން، އައްޑޫ ސިޓީ ފޭދޫ
100 ޔުނިޓް: ހއ. ހޯރަފުށި، ރ. އުނގޫފާރު، މ. މުލި، ދ. މީދޫ
50 ޔުނިޓް: ބ. ތުޅާދޫ
25 ޔުނިޓް: އައްޑޫ ސިޓީ މަރަދޫ، މަރަދޫ ފޭދޫ

މި މަޝްރޫޢުގެ ދަށުން އަޅާ ކޮންމެ އެޕާޓްމަންޓަކީ މަދުވެގެން 900 އަކަފޫޓުގެ، 3 ކޮޓަރީގެ ތަންތަނެވެ. އިމާރާތްތަކުގެ އެންމެ ތިރީ ފަންގިފިލާ ވިޔަފާރިތަކަށް ޚާއްޞަކުރަންޖެހޭއިރު، ވެހިކަލް ޕާކުކުރާނެ ޖާގަވެސް ހިމަނަންޖެހެއެވެ. ކޮންމެ ޕެކޭޖެއްގެ 60 އިންސައްތަ ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގެ ގޮތުގައެވެ. މިގޮތުން ވިއްކާ ޔުނިޓެއްގެ އެންމެ މަތީ އަގަކީ 1.5 މިލިއަން ރުފިޔާއެވެ. ބާކީ 40 އިންސައްތަ ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބިގެންވެއެވެ.


ދިވެހި ކުންފުނިތަކަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބޮޑެތި އިނާޔަތްތަކެއް ހަމަޖައްސާފައެވެ. އޭގެ ތެރޭގައި، މި މަޝްރޫޢުގެ ދަށުން ވިއްކާ ޔުނިޓްތަކުން ޖީއެސްޓީ ދައްކަން ނުޖެހުމާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނުން އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، މަސައްކަތުގެ 20 އިންސައްތަ ނިމުމުން، ފައިނޭންސް ހޯދުމަށްޓަކައި ތަރައްގީކުރުމާއި ވިއްކުމުގެ ހައްގުތައް ރަހުނުކުރުމުގެ ފުރުސަތުވެސް ޑިވެލޮޕަރުންނަށް ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement