އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ހޯދުމަށް އީ.އޯ.އައި ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައި

އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ހޯދުމަށް އީ.އޯ.އައި ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައި

10 hours ago - 13:42
Jun 9, 2026 - 13:49
Advertisement
Advertisement

އައްޑޫ ރީޖަނަލް ފްރީ ޒޯނުގައި ވިޔަފާރި ފުރުސަތުތަކަށް އެދި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މި ހިނގާ ހަފުތާގެ ބުރާސްފަތި ދުވަސް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.


ރާއްޖޭގެ އުތުރާއި ދެކުނުގައި އިގްތިސާދީ މިނިވަން ސަރަހައްދުތަކެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީގައި ތަރައްގީކުރި "އައްޑޫ ރީޖަނަލް ފްރީ ޒޯން" ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިދިޔަ މަހުއެވެ. މި ސަރަހައްދުގައި ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެމްޕީއެލް އިން ހުޅުވާލާފައިވަނީ ނިމިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ.


އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި ޒޯނުން ބިމާއި ޖާގަ ހޯދުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުން އީ.އޯ.އައި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 އެވެ.
މި މަޝްރޫއުގެ ދަށުން ހިތަދޫ ޕޯޓް ސަރަހައްދުން 1.7 ހެކްޓަރުގެ ބިން ވަނީ ހާއްސަކުރެވިފައެވެ. މި ފްރީ ޒޯނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

  • ޑިއުޓީއާ ނުލައި މުދާ ރައްކާކުރުން
  • ބޮންޑެޑް ވެއާހައުސިންގްގެ ހިދުމަތް
  • އުފެއްދުންތެރިކަމުގެ ސިނާއީ މަސައްކަތްތައް
  • އުޅަނދުފަހަރު މަރާމާތުކުރުން
  • ރީ-އެކްސްޕޯޓް ކުރުމުގެ ހިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން، މި ސަރަހައްދަށް އިންވެސްޓްމަންޓްތައް ދަމައިގަތުމަށްޓަކައި 2027 އިން 2029 އަށް ހާއްސަ އިނާޔަތްތަކާއި ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިއީ އައްޑޫ ސިޓީއަކީ އިގްތިސާދީ މައި ހަބަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި ފްރީ ޒޯންގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިއާއި އިގްތިސާދަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement