މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމަށް ބައެއް ސަރަހައްދުތައް ބަންދުކުރަނީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމަށް ބައެއް ސަރަހައްދުތައް ބަންދުކުރަނީ

4 hours ago - 19:07
Advertisement
Advertisement

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްޓަކައި ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.


ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތަށް މަގު ބަންދުކުރަން ފަށާނީ 2026 ޖޫން 7 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 00:00 އިން ފެށިގެންނެވެ. މިގޮތުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ މި މަޝްރޫއާ ގުޅިގެން އާންމުކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކެވެ.


މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އަމާން ތަނަކަށް ހެދުމެވެ.


ކަމާބެހޭ އިދާރާތަކުން ވަނީ މަގު ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބަދަލު މަގުތައް ބޭނުންކުރުމަށާއި، ޓްރެފިކް ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.


ސަރުކާރުން އުންމީދު ކުރަނީ މި މަޝްރޫޢު ނިމުމުން، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބި، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement