މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްޑަބްލިޔުއެސްސީ އާއި މައުމޫން ފައުންޑޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި
ފޮޓޯ- ޕީއެސްއެމް ނިއުސް

މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްޑަބްލިޔުއެސްސީ އާއި މައުމޫން ފައުންޑޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

4 hours ago - 18:13
Advertisement
Advertisement

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި މައުމޫން ފައުންޑޭޝަން ގުޅިގެން، ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމަކީ އެމްޑަބްލިޔުއެސްސީގެ އިޖްތިމާޢީ ޒިންމާ (ސީ.އެސް.އާރް) ގެ ދަށުން، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށާއި ޤައުމަށް ބޭނުންތެރި ފަންނީ މީހުން ބިނާކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.


އެމްޑަބްލިޔުއެސްސީގެ ހެޑް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ބޯޑު މެންބަރު އަލްއުސްތާޛު ފާރިޝް މައުމޫނެވެ.


މި އެއްބަސްވުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މާސްޓާސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ސްކޮލަރޝިޕް ފުރުސަތެކެވެ. މިއީ ރާއްޖޭގައި ފަންނީ ގޮތުން ޤާބިލު ޖީލެއް ބިނާކުރުމަށާއި، މަތީ ތަޢުލީމަށް އެދޭ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ.


މައުމޫން ފައުންޑޭޝަނަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިސްނަންގަވައިގެން، ރާއްޖޭގެ އިޖްތިމާޢީ އަދި ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރުމުގެ މަޤްޞަދުގައި އުފައްދަވާފައިވާ ޖަމްޢިއްޔާއެކެވެ. މި ފައުންޑޭޝަނުން މީގެ ކުރިންވެސް ވަނީ ގިނަ އަދަދެއްގެ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖޭއިން ބޭރުން ތަޢުލީމީ ފުރުސަތުތައް ހޯދައިދީފައެވެ.                   

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement