ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

9 hours ago - 12:22
Advertisement
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުއައްސަސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.


ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން އަމަލުކުރަން ފެށި މި އައު ބަދަލުތަކަކީ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެކެވެ. މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތްތައް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.


މި އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ މަސައްކަތްތައް ވަނީ ތަފާތު ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. އެގޮތުން ކޮމާންޑް ލެވެލްގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • އޮފީސް އޮފް ދަ ކޮމިޝަނަރ
  • ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
  • ޕްރޮފެޝަނަލް ސްޓެންޑަރޑްސް
  • ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
  • އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
  • ފޮރެންސިކް ސަރވިސަސް
  • ސެންޓްރަލް އިންވެސްޓިގޭޝަންސް
  • މާލޭ ޕޮލިސް އަދި ހުޅުމާލޭ ޕޮލިސް
  • ނޮދަން ޕޮލިސް އަދި ސަދަން ޕޮލިސް
  • ސަރވިސް ޑިވެލޮޕްމަންޓް އަދި ސަރވިސް ސަޕޯޓް
  • ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

ފުލުހުންގެ މުއައްސަސާއިން ބުނި ގޮތުގައި މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މުއައްސަސާގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީވެސް މި ބަދަލުގެ މައިގަނޑު އެއް މަގުސަދެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement